ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މި މަހު އިތުރު 7 ކުއްޖަކު ފޮނުވަނީ

ދަޕްރެސް

5 އޯގަސްޓު 2025 | އަންގާރަ | 11:06

ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން މި މަހު ރާއްޖެއިން ބޭރަށް 7 ކުއްޖަކު ފޮނުވަން ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ޒަކާތު ފަންޑުގެ އެހީގައި ކޮންމެ އަހަރަކު 10 ކުދިން، ބޯންމެރޯ ހެދުމަށް ފޮނުވުމަށް ސަރުކާރުން ނިންމާފައިވާއިރު މިދިޔަ އޭޕްރީލް މަހު ވަނީ ތިން ކުއްޖަކު ބޯން މެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައެވެ. އަދި ބާކީ ތިބި 7 ކުދިން މި މަހު ފޮނުވުމަށް ހެލްތް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން، ހެލްތް މިނިސްޓްރީން ބުނީ، މި މަހު ފޮނުވާ ހަތް ކުދިންގެ ތެރެއިން ތިން ކުދިން އިއްޔެ ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށެވެ. އަދި މިއަދު 1 ކުއްޖަކު ފުރަން ހަމަޖެހިފައިވާއިރު މި މަހުގެ 8 ވަނަ ދުވަހާއި 9 ވަނަ ދުވަހުގެ އިތުރުން 12 ވަނަ ދުވަހު އިތުރު ތިން ކުދިން ފުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މައުޟޫޢުތަށް