މަޖިލީހުގެ އެސްއޯއީ ކޮމެޓީން ވެސް ޝުޖާއު ވަކިކޮށްފި

ދަޕްރެސް

5 އޯގަސްޓު 2025 | އަންގާރަ | 9:52

ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމެޓީން ވެސް ވަކިކޮށްފިއެވެ.

އޭނާ މިއަދު އެސްއޯއީ ކޮމިޓީން ވަކިކޮށްފައިވާއިރު އިއްޔެ ވަނީ މާލިއްޔަތު ކޮމިޓީން ވަކިކޮށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ބަދަލުކޮށްފައެވެ.

މުހިންމު ދެ ކޮމިޓީން ޝުޖާއު ވަކިކޮށްފައި މިވަނީ އޭނާގެ ހިއްސާ އޮންނަ ކުންފުނިތަކާއި ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރުކުރި ރިޕޯޓާ ގުޅިގެން ތަހުގީގެއް ފުލުހުން ފަށާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

މައުޟޫޢުތަށް