ނުކުޅެދޭ ފަރާތްތަކަށް، މިފްކޯއިން ވަޒީފާގެ ފުރުސަތު ފަހިކޮށްދޭން އެއްބަސްވުމެއް ގާއިމްކޮށްފި
ދަޕްރެސް
5 އޯގަސްޓު 2025 | އަންގާރަ | 11:10
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދިނުމަށް، ޖެންޑާ މިނިސްޓްރީން މިފްކޯއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، މި ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރެވިގެންދާނެ ކަމަށެވެ.
އެގޮތުން މި ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާއަށް އައްޔަނުކޮށް މަސައްކަތް ހަވާލުކުރެވޭއިރު، މަސައްކަތްކުރަން ކަނޑައަޅާ ތަނަކީ އެ ފަރާތްތައް މަސައްކަތްކުރުން އެކަށީގެންވާ ތަންތަންކަން ޔަގީން ކުރެވޭނެއެވެ.