ޕޮލްކޯއަށް ލިބުނު ގެއްލުމުގެ ބަދަލުގައި، އައިލެންޑް އެކްސްޕާޓުގެ ލަގްޒަރީ ފްލެޓް އިމާރާތް ދައުލަތަށް ނަގަނީ
ދަޕްރެސް
5 އޯގަސްޓު 2025 | އަންގާރަ | 11:59
ފުލުހުންގެ ފްލެޓު އިމާރާތް ކުރުމަށް ހަވާލުކުރި ކޮންޓްރެކްޓަރު، (އައިލެންޑް އެކްސްޕާޓުން) އަމަލުކުރި ގޮތުން ފުލުހުންގެ ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލްކޯ އަށް ލިބުނު ގެއްލުމުގެ ބަދަލުގައި ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ލަގްޒަރީ ފްލެޓު އިމާރާތް، ދައުލަތަށް ނަގައިދިނުމަށް އެދެން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ނިންމައިފި އެވެ.
ފުލުހުންގެ ފްލެޓް މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 13 ބުރީގެ 3 ޓަވަރުގެ ކޮންސްޓްރަކްޝަން މަސައްކަތް 2013 ވަނަ އަހަރު ހަވާލުކުރީ ނޫމަޑި އާ އެވެ. އެކަމަކު ސިޔާސީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި ފައިސާގެ ދަތިކަމާ ހެދި ނޫމަޑީގެ އެގްރިމެންޓް ޖެނުއަރީ 27، 2016 ގައި ބާތިލް ކުރި އެވެ.
ދެން އެ މަޝްރޫއު ހިންގާފައި ވަނީ އައިލެންޑް އެކްސްޕާޓުންނެވެ. އެކަމަކު ކޮވިޑާ އެކު އެ ކުންފުނި ބަނގުރޫޓުވެ، މަޝްރޫއު އިތުރަށް ކުރިއަށް ނުގެންދެވުމުން އެއްބަސްވުން އުވާލީ އެވެ. އޭގެ ފަހުން އެ ފްލެޓްތަކުގެ މަސައްކަތްކުރީ އަަމީން ކޮންސްޓްރަކްޝަނުންނެވެ. އެއާއެކު މަސައްކަތް ނިންމުމުގައި ދިގުލައިގެން ގޮސް ފްލެޓުތަކަށް ވަދެވޭ ވަރު ވީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.