އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި
ދަޕްރެސް
5 އޯގަސްޓު 2025 | އަންގާރަ | 1:37
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު، އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރަން މިއަދު މަޖިލީހުން ރުހުން ދީފިއެވެ.
އުއްތަމަ ފަނޑިޔާރުކަމަށް ޣަނީ އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ޣަނީގެ އިތުރުން ދެން އެ މަގާމަށް ކުރިމަތި ލައްވާފައި ވަނީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދެވެ.
ޣަނީ އެ މަގާމަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ޖޭއެސްސީން ނިންމާފައިވަނީ މި 3 ބޭފުޅުންނާ ކުރި އިންޓަވިއު އިން "ހައިލީ ރިކޮމެންޑެޑް" ލިބިވަޑައިގަތީ ޣަނީއަށް ކަމުގައި ވުމުންނެވެ.