ނައިފަރުން 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ދަޕްރެސް
5 އޯގަސްޓު 2025 | އަންގާރަ | 1:42
ޅ. ނައިފަރުން ކުޑަ ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ނައިފަރު ސީނިޔާގެ، ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް (15އ) ކަމަށެވެ.
މައިސަރާ، ނައިފަރުގައި ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައިވަނީ މި އޮގަސްޓު މަހުގެ 2 ވަނަ ދުވަހުގެ 10:25 އެހައިކަންހާއިރު ކަމަށާއި އޭގެ ފަހުން ހަބަރެއް ނުވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.