ޖޫން މަހު ޖެންޑާއަށް 225 މައްސަލައެއް ރިޕޯޓް ކުރި، ގިނައީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަ!

ދަޕްރެސް

5 އޯގަސްޓު 2025 | އަންގާރަ | 10:01

މިދިޔަ ޖޫން މަހު ޖެންޑާ މިނިސްޓްރީއަށް މިދިޔަ ޖޫން މަހު ޖުމްލަ 225 މައްސަލަ އެއް ހޫށަހަޅާފައިވާ އިރު، ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް 88 މައްސަލައެއް ހުށަހަޅާފައި ވާކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައި ވަނީ އެކި ގޮތްގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލައެވެ. އެގޮތުން ޖޫން މަހު 88 މައްސަލަ ހުށަހަޅާފައި ވާއިރު އޭގެ ތެރެއިން 27 މައްސަލައަކީ ކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލައެވެ.

ހަމައެއާއެކު ޖިސްމާނީ ގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާގެ 18 މައްސަލަ ހުށަހަޅާފައި ވާއިރު ނަފްސާނީ ގޮތުން ކުދިންނަށް އަނިޔާ ލިބުނު 8 މައްސަލައެއް ހުށަހަޅާފައި ވެއެވެ. އަދި ގެވެށި އަނިޔާ ކުރާ މަންޒަރު ކުދިންނަށް ފެނިފައިވާ 7 މައްސަލައަކާއި، ބުލީގެ ޝިކާރައާ ކުދިން ކުރިމަތިލާން ޖެހުނު 6 މައްސަލައެއް ހުށަހަޅާފައި ވެއެވެ.

މައުޟޫޢުތަށް