ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ދަޕްރެސް

5 އޯގަސްޓު 2025 | އަންގާރަ | 11:17

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ސިންގަޕޫރަށް ވަޑައިގަތީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. ނަމަވެސް ރައީސް އޮފީހުން ރައީސްގެ މި ދަތުރުފުޅާ ގުލޭ ގޮތުން ތަފްސީލެއް ނުދެއެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް ރައީސް ވަނީ ސިންގަޕޫރަށް ދަތުރުފުޅު ކުރައްވާފައެވެ. އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް ޖޫން މަހުގެ 29 އިން ޖުލައި 2 ވަނަ ދުވަހުގެ ނިޔަލަށް ކުރެއްވި ރަސްމީ އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މައުޟޫޢުތަށް