އެކްސިޑެންޓުގައި ނިޔާވި ކުއްޖާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ދަޕްރެސް
6 އޯގަސްޓު 2025 | ބުދަ | 11:07
ރޭ ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި ނިޔާވި ކުއްޖާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ރޭ ހިނގި އެކްސިޑެއްޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
އަދި އެމަނިކުފާނު ވަނީ ނިޔާވި ކުއްޖާގެ އާއިލާއަށް ތައުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ދުއާ ދަންނަވާފައެވެ. "މަރްހޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މާތްﷲ މިންވަރު ކުރައްވާށި" ރައީސް ކުރެއްވި ޕޯސްޓުގައި ވެއެވެ.