ގެއްލިގެން ހޯދަމުން ދިޔަ މޫސަ ކުޅުދުއްފުށި ޒޯން ސްޓޭޑިއަމް ފާހާނަތެރޭ ނިޔާވެފައި އޮއްވާ ފެނިއްޖެ
ދަޕްރެސް
6 އޯގަސްޓު 2025 | ބުދަ | 11:57
ގެއްލިގެން ހޯދަމުން ދިޔަ ހދ. ކުޅުދުއްފުށީ، ޖިފުޑި، ހަސަން މޫސަ (67އ) ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ މިއަދު ފަތިހު 5:00 އެހާކަންހާއިރު ގޭން ނިކުމެގެން ދުވަން ދިޔަ ގޮތަށް މޫސަގެ ހަބަރެއް ނުވެގެން ފުލުހުންނަށް މިއަދު 10:30 އެހާކަންހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެއާއެކު މޫސާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައި ވާއިރު، މޫސަ ފެނިފައި ވަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ފާހާނާތެރޭގައި ވެއްޓިފައި އޮއްވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.