ޑިންގީއެއް ބަންޑުން ޖަހާލާ، ކަނޑުވި 17 މީހުން ސަލާމަތްކޮށްފި
ދަޕްރެސް
7 އޯގަސްޓު 2025 | ބުރާސްފަތި | 8:52
ކ. ގުރައިދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި ބަޔަކު ސަލާމަތްކޮށްފި އެވެ.
ރޭ ހިނގި މި ހާދިސާ އާއި ގުޅޭ ގޮތުން ފުލުހުން ބުނީ، ޒަމާނީ އައިލެންޑު ރިސޯޓުން ގުރައިދޫއަށް ދަތުރުކުރަމުން ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި އޭގެން ދަތުރު ކުރި 17 މީހަކު ސަލާމަތްކޮށްފައިވާ ކަަމަށެވެ.
އެއީ ހުސްވެސް ބިދޭސީން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.