މާވަށުގައި މަރާލި ޒުވާނާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ގެންގޮސްފި

ދަޕްރެސް

7 އޯގަސްޓު 2025 | ބުރާސްފަތި | 9:10

ލ. މާވަށުގައި މަރާލާފައި އޮއްވާ ފެނުނު ޒުވާނާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:12 ހާއިރު އެ ރަށު ވޮލީ ކޯޓު ސަރަހައްދުގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ އެ ރަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސަ އިބްރާހިމްއެވެ.

މި ހާދިސާއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ އޮޓޮޕްސީ ހެދުމަށް މޫސަގެ ހަށިގަނޑު އޮގަސްޓު 6 ވަނަ ދުވަހު އިންޑިއާއަށް ގެންގޮސްފައިވާ ކަމަށެވެ.

މައުޟޫޢުތަށް