4000 ފްލެޓް ލިސްޓު ބާތިލްކޮށް، އަލުން ފުރުސަތު ހުޅުވާލި ކަމަށްބުނެ ބޮޑު ސްކޭމެއް، ސަމާލުވޭ!
ދަޕްރެސް
7 އޯގަސްޓު 2025 | ބުރާސްފަތި | 11:44
ގެދޮރުވެރިޔާ ފްލެޓުތަކުގެ ނަމުގައި ސްކޭމެއް ހިންގަމުންދާތީ އެކަމަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ ގެދޮރުވެރިޔާ ސްކީމަށް ކުރިން ލާފައިވާ ފޯމްތައް ބާާތިލުކޮށް އަލުން ފޯމްލުމުގެ ފުރުސަތު އެޗްޑީސީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލެވޭގޮތައް ހުލުވާލައިފިކަމަށް ބުނެ ސްކޭމް މެސެޖުތަކެއް ދައުރު ކުރަމުންދާ ކަމަށެވެ.
އަދި އެ ފޯމް ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބުނާ އެ މެސެޖު ފޮނުވަމުންދަނީ ލިންކަކާ އެކު އެވެ. އެ ލިންކަށް ފިތައިފި ނަމަ ފޯނު ހެކްވެ އެވެ. އެހެންކަމުން އެފަދަ މެސެޖެއް ލިބުނު ނަމަވެސް އެ ލިންކަށް ނުފިތުމަށް ފުލުހުން ވަނީ އިރުޝާދު ދެއްވާފައެވެ.