ޕީއެންސީގެ 14 މެންބަރަކު ޕާޓީއިން ވަކިވާން އުޅޭ ކަމަށް ބުނާ ވާހަކަ އެ ޕާޓީއިން ދޮގުކޮށްފި
ދަޕްރެސް
8 އޯގަސްޓު 2025 | ހުކުރު | 11:02
ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ 14 މެންބަރަކު އެ ޕާޓީއިން ވަކިވާން އުޅޭ ކަމަށް ދެކެވެމުންދާ ވާހަކަތައް ޕީއެންސީ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ދޮގުކުރައްވައިފިއެވެ.
މަޖިލީހުގެ ގޮނޑި ގެއްލުނަސް ހެޔޮކަމަށް ނިންމަވައި، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީއެންސީއަށް ނިސްބަތްވާ 13 ނުވަތަ 14 މެންބަރަކު ޕާޓީއިން ވަކިވެވަޑައިގަންނަވާނެ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ފަލާހު ވިދާޅުވީ ޕީއެންސީ ޕީޖީ ގްރޫޕް ރޫޅާލެވިދާނެ ކަމަށް ހީކުރައްވާ ދޮގު ވާހަކަފެތުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ. އަދި މިފަދަ ދޮގުތައް ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އައްބާސްއަށް 3 މިލިއަން ރުފިޔާދީފައިވާ ކަމަށް ދެކެވެމުންދާ ވާހަކަތަކަށް އެކަމުން ބާރު ލިބޭ ކަމަށް ފަލާހު ވިދާޅުވިއެވެ.