ގެވެށި އަނިޔާގެ މައްސަލައެއްގައި ބަލައި ފާސްކުރިއިރު އެޕާޓަމެންޓަކުން 242 ވޭޕް ފްލޭވާ ފުޅި ފެނިއްޖެ
ދަޕްރެސް
8 އޯގަސްޓު 2025 | ހުކުރު | 11:52
ގެވެށި އަނިޔާގެ މައްސަލައެއްގައި ބަލައި ފާސްކުރިއިރު އެޕާޓްމަންޓަކުން 242 ވޭޕް ފްލޭވާ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ގެވެށި އަނިޔާގެ އެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ ރޭ 9:14 ހާއިރު ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންއަށް ކަމަށެވެ.
އެ ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން ހިޔާ ފްލެޓްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޖުމްލަ 242 ވޭޕް ފްލޭވާ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.