ތުރުކީން ހަދިޔާކުރި މަނަވަރު ރާއްޖެ ގެނެސްފި
ދަޕްރެސް
9 އޯގަސްޓު 2025 | ހޮނިހިރު | 4:34
ތުރުކީން ހަދިޔާކުރި، މިސައިލް ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރު ރާއްޖެ ގެނެސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަނަވަރު ރާއްޖެ ގެނެސްފައިވަނީ ބޮޑެތި ކަނޑު އުޅަނދު އުފުލާ، "ބްރޭކް ބަލްކް ކެރިއާ" އަކަށް ލައިގެންނެވެ.
ތުރުކީން ހަދިޔާކުރި މި މަނަވަރަކީ ތުރުކީގައި މީގެ ކުރިން ބޭނުން ކުރި ޑޯގަން ކްލާސްގެ މަނަވަރެކެވެ. ޑޯގަން ކްލާސް މަނަވަރުތަކުގައި މިސައިލް ފޮނުވާލެވޭ ގޮތަށާއި ބޮޑުބަޑި ބޭނުން ކުރެވޭގޮތަށް ހުރެއެވެ. އަދި ރާޑަރު ސިސްޓަމްތަކާއި އެހެނިހެން ސަވައިލަންސް އާލާތްތައް ވެސް ހުރެއެވެ.