ވޭޕާއި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފުލުސް މީހާ ބުނަނީ "ބިރުން ފުލުހުންގެ ހުވާ ނުކުރާ ކަމަށް!"
ދަޕްރެސް
9 އޯގަސްޓު 2025 | ހޮނިހިރު | 5:06
ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާ، ދުންފަތާއި ނެނޯ ސްޓިކާއި ވޭޕު ވިއްކާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފުލުސް މީހާ، އޭނާ ބިރުން ފުލުހުންގެ މަގާމުގެ ހުވާ ނުކުރާ ކަމަށް ބުނެފިއެވެ.
ނެނޯ ސްޓިކާއި ވޭޕު ވިއްކާ ކަމުގެ ތުހުމަތުގައި ގދ. ތިނަދޫ އިން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ސްޕެޝަލް ކޮންސްޓްބްލަރީ މުހައްމަދު ސާޖިދު އަހުމަދެވެ. ފުލުހުން ބުނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ސާޖިދު ދިރިއުޅޭ ގެ އާއި ސައިކަލް ބަލާ ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ދުންފަތާއި، ނެނޯ ސްޓިކާއި ވޭޕުގެ އިތުރުން ވޭޕް ކާޓްރިޖް އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 191.92 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ސާޖިދުގެ މައްޗަށް ޖިނާއީ ތުހުމަތެއް ނެތް ކަމަށް ބުނެ ކޯޓުން އޭނާ ދޫކޮށްލީ ކަމަށާއި ނަމަވެސް އެ މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ޕީޖީ އޮފީހާއެކު ކޮށްފައިވާ ކަމަށެވެ. އެގޮތުން ވޭޕަކީ ގާނޫނަކުން މަނާކޮށްފައިވާ އެއްޗެއް ކަމަށާއި އެ ގެންގުޅޭ ނަމަ ގާނޫނީ ގޮތުން ފިޔަވަޅު އެޅޭ ކަމަށް ދައުލަތުން މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުގައި ބުނެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއާއެކު ގާނޫނުގައި މަނާ ކަމެއް ކުރުމުގެ ތުހުމަތު ކުރެވެނީ ހުވާކޮށްގެން ހުރި ފުލުހަކަށް ކަމަށް ވެސް ދައުލަތުން ބުނެފައިވާކަމަށް ވަނީ ބުނެފައެވެ.