މޯލްޑިވިއަންގެ ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް ފުރައިފި

ދަޕްރެސް

9 އޯގަސްޓު 2025 | ހޮނިހިރު | 9:04

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ ދިވެހި އުުމްރާވެރިން ރާއްޖެ އައުމަށް ހަމަޖެހިފައި އޮތް މޯލްޑިވިއަންގެ ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް ފުރައިފިއެވެ.

މައްސަލަ ޖެހި ނުފުރި ޑިލޭ ވެފައިވަނީ ސައުދީ ގަޑިން މިއަދު މެންދުރު ފަހު 3:45 ގައި ފުރާ ގޮތަށް ހަމަޖައްސާފައި މޯލްޑިވިއަންގެ ފްލައިޓް ކިއު 2-6361 ކެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އުމްރާވެރިއަކު ބުނީ ފްލައިޓަށް އެރި މީހުން އޭގެ ތެރޭގައި ތިބޭތާ 4 ގަޑިއިރު ވެފައިވާކަމަށާއި، ފްލައިޓުގައި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ޑަޔަލިސިސް ހަދާ ޕޭޝަންޓުންވެސް ތިބި ކަމަށެވެ.

މައުޟޫޢުތަށް