އޮޓޮޕްސީ ހެދުމަށްފަހު މޫސަގެ ހަށިގަނޑު މާލެ ގެނެސްފި
ދަޕްރެސް
9 އޯގަސްޓު 2025 | ހޮނިހިރު | 10:27
ލ. މާވަށުގައި މަރާލާފައި އޮއްވާ ފެނުނު މޫސަ އިބްރާހިމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު މާލެ ގެނެސްފިއެވެ.
މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:12 ހާއިރު އެ ރަށު ވޮލީ ކޯޓު ސަރަހައްދުގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ އެ ރަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސަ އިބްރާހިމްއެވެ.
އޮޓޮޕްސީ ހެދުމަށް މޫސަގެ ހަށިގަނޑު އޮގަސްޓު 6 ވަނަ ދުވަހު އިންޑިއާއަށް ގެންގޮސްފައިވާއިރު، އޮޓޮޕްސީއަށް ހެދުމަށްފަހު ހަށިގަނޑު މިރޭ މާލެ ގެނެސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.