މާކުރަތަށް ގެންދިޔަ އިންޖީނު ފިލްޓަރުތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގަ މީހަކު ހައްޔަރުކޮށްފި
ދަޕްރެސް
10 އޯގަސްޓު 2025 | އާދިއްތަ | 3:49
ރ. މާކުރަތު ފެނަކަ ބުރާންޗަށް ގެންދިޔަ އިންޖީނު ފިލްޓަރުތަކެއް ވަގަށް ނެގުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
އިތުބާރު ހުރި މަސްދަރަކުން "ދަ ޕްރެސް"އަށް މައުލޫމާތު ދެމުން ބުނީ އެތަކެތި މާކުރަތަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު “އެއްފަސް” ނަމަކަށް ކިޔާ ބޯޓަކުން ކަމަށާއި އެ ތަކެތި ގެއްލިފައި ވަނީ ބޯޓުން ގެންގޮސް ބަނދަރުމަތީގައި ބަހައްޓާފައި ހުއްޓައި ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ރ. މާކުރަތު އުދަ، އަހުމަދު ސަލީމްއެވެ.