ހއ. ފިއްލަދޫ މަގުތައް ހަދަން 77 މިލިއަން ރުފިޔާއަށް އާރުޑީސީއަށް
ދަޕްރެސް
10 އޯގަސްޓު 2025 | އާދިއްތަ | 4:38
ހއ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިވާއިރު އެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމްއެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އާރްޑީސީއާއި މި މަސައްކަތް ހަވާލުކޮށްފައި ވަނީ 77.1 މިލިއަން ރުފިޔާ 730 ދުވަސް (2 އަހަރު) ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.