ސްކޭމްތައް ހުއްޓުވަން މޯލްޑިވްސް ޑިޖިޓަލް ޕާޓްނާޝިޕް ޕްރޮގްރާމް އިފްތިތާހުކޮށްފި

ދަޕްރެސް

10 އޯގަސްޓު 2025 | އާދިއްތަ | 5:57

ސްކޭމްތައް ހުއްޓުވާ ސައިބާ ސެކިއުރިޓީ ވަރުގަދަކުރުމަށް މޯލްޑިވްސް ޑިޖިޓަލް ޕާޓްނާޝިޕްގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.

މި ޕްރޮގްރާމް އިފްތިތާހުކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ނެޝަނަލް ސެންޓާ ފޯ އިންފޯމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އަދި މާސްޓާކާޑް ގުޅިގެން ސްޓްރެޓިޖިކް އެސްބަސްވުމެއްގެ ދަށުންނެވެ.

މި އެމްއޯޔޫއާއި ގުޅޭގޮތުން ބީއެމްއެލް އިން ބުނީ މިއީ 5 އަހަރު ދުވަހަށް ދެމިގެންދާގޮތަށް ހެދިފައިވާ އެއްބަސްވުމެއް ކަމަށާއި، މި އެއްބަސްވުމުގެ ދަށުން މައިގަނޑު 7 ދާއިރާއަކުން މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އެންސީއައިޓީ އިން ތަރައްގީކޮށް ބަލަހައްޓަމުންދާ އީފާސް އާއި ސްމާޓް އައިޑީގެ ތެރެއިން އިލެކްޓްރޯނިކްކޮށް ނުވަތަ ޑިޖިޓަލްކޮށް ފައިސާގެ މުއާމަލާތްތައް ހިންގޭނެ ހަރުދަނާ ސިސްޓަމްތަކެއް ގާއިމުކުރުން ހިމެނޭ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް