ރަށްރަށުގެ މެދުގައި ތަފާތުކުރުން ނައްތާލައި ހަމަހަމަކަމާއެކު ތަރައްގީ ގެނެސްދޭނަން: މުއިއްޒު
ދަޕްރެސް
11 އޯގަސްޓު 2025 | ހޯމަ | 11:34
އަތޮޅުގެ ތަރައްގީއަށް ބަލާއިރު އެއް ރަށާއި އަނެއް ރަށް ތަފާތު ކުރުމުގެ ސިޔާސަތު ނައްތާލައި ހަމަހަމަކަމާއެކީ ތަރައްގީ ގެނެސްދޭނެ ސިޔާސަތެއް ތަންފީޒު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާލުވީ، ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބ. ކަމަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައެވެ.
ރައީސް ވިދާޅުވީ، ކަމަދޫގެ އިގްތިސޯދީ ތަރައްގީ އަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށާއި މީގެ ކުރިން އެ އަތޮޅުގެ ތަރައްގީއަށް މަސައްކަތް ކުރާ އިރު ކަމަދޫ އޮންނަނީ ލިސްޓުގެ ތަންކޮޅެއް ފަހަތުގައި ކަމަށެވެ. އިރާދަ ކުރެއްވިއްޔާ އެ ތަފާތުކުރުން ނައްތާލައި ހަމަހަމަކަމާއެކީގައި ތަރައްގީ ގެނެސްދޭނެ ސިޔާސަތެއް ތަންފީޒުކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.