އެމްޕީއެލްގެ، 28 މިލިއަން ރުފިޔާގެ ތެލުގެ ވައްކަމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މަޖިލީހުން އަންގައިފި

ދަޕްރެސް

11 އޯގަސްޓު 2025 | ހޯމަ | 12:20

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) ގެ ތެރެއިން 2018 ވަނަ އަހަރާއި 2020 ވަނަ އަހަރު ދެމެދު ހިންގި 28 މިލިއަން ރުފިޔާގެ ތެލުގެ ވައްކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން އަންގައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކާއި ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓް 2018-2020، މާލިއްޔަތު ކޮމިޓީއިން ދިރާސާކޮށް ހުށަހެޅި ރިޕޯޓު މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ 69 މެންބަރުންގެ ވޯޓާއެކުގައެވެ. މި ރިޕޯޓުގައި ފަސް ފިޔަވަޅެއް އެޅުމަށް އަންގާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ

1- ތެޔޮ އުފުލާ އުދަނދުތައް މޮނީޓަރު ކުރުމަށް ބޯޓުފަހަރުގައި ކެމެރާ ހަރުކުރުމަށާއި ބޭނުންވާ ސިސްޓަމްތަކާއި، ތެޔޮ ދޫކުރުމަށް ބޭނުންކުރާ މީީޓަރުތައް ޒަމާނީ މީޓަރުތަކަށް ބަދަލުކުރުމެވެ. އަދި ޑިޖިޓަލްކޮށް ލައިވްކޮށް ރިޕޯޓު ނެގޭ ގޮތަށް ހަދައި، އޮޓޮމެޓިކް ގޭޖިން ސިސްޓަމް ހަރުކޮށް ނިންމައި، 45 ދުވަހުގެ ތެރޭގައި އެމްޕީއެލްއިން އެކަން މާލިއްޔަތު ކޮމިޓީއަށް އެންގުމަށް ހިމަނާފައިވެއެވެ.

މައުޟޫޢުތަށް