ހުޅުމާލެ ފޭސް 2 ގައި އިމާރަތްކުރާ ފުލުހުންގެ ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފި
ދަޕްރެސް
11 އޯގަސްޓު 2025 | ހޯމަ | 6:18
ހުޅުމާލެ ފޭސް 2 ގައި އިމާރަތްކުރާ ފުލުހުންގެ ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
ހުޅުމާލެ ފޭސް 2 ގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޑާޓާ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސައިބާ ސެކިއުރިޓީ ހެޑް، ޑރ. މުހައްމަދު އަލް ކުވައިތީ އާއި، ހޯމްލޭންޑު މިނިސްޓަރު އަލީ އިހުސާންގެ އިތުރުން ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީންއެވެ.
ފުލުހުން ބުނީ މި ޑާޓާ ސެންޓަރަކީ ޔޫއޭއީ ސަރުކާރާއި ޔޫއޭއީ ސައިބާ ސެކިއުރިޓީ ކައުންސިލުގެ އެހީތެރިކަމާއެކު، އެންމެ ޒަމާނީ ވަސީލަތްތަކާއި ހިދުމަތްތަކާއެކު ގާއިމުކުރާ ސެންޓަރެއް ކަމަށެވެ.