80 މިލިއަން ރުފިޔާއަށް އޭދަފުށީގައި އެމްއެންޔޫ ކެމްޕަސްއެއް އިމާރާތް ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ދަޕްރެސް

12 އޯގަސްޓު 2025 | އަންގާރަ | 8:22

ބ. އޭދަފުށީގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)ގެ ކެމްޕަސްއެއް އިމާރާތް ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީ އެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީގެ ފަރާތުން ސޮއިކުރެއްވ،ީ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ.

މި މަޝްރޫއުގެ ދަށުން، 6000 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާ ހިމެނޭގޮތަށް، ދަރިވަރުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކެއް ހެދުމާއ،ި 3200 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާ ހިމެނޭ، މުވައްޒަފުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކެއް ހެދުން ހިމެނެއެވެ.

މައުޟޫޢުތަށް