ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން ހުޅުމާލޭގައި 60 ރުއް އިންދައިފި

ދަޕްރެސް

12 އޯގަސްޓު 2025 | އަންގާރަ | 8:42

މިނިވަން 60 އާ ގުޅުވައި ހުޅުމާލޭގައި 60 ރުއް އިންދައިފިއެވެ.

އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ އަދި އެޗްޑީސީ ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތް ބާއްވާފައި ވަނީ ހުޅުމާލޭ ފޭސް 2 ގެ ޗެނަލް ޕާކާ އިންވެގެން އޮންނަ ބީޗް ސަރަހައްދުގައެވެ. އެގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން، އެ ސަރަހައްދުގައި ވަނީ 60 ރުއް އިންދާފައެވެ.

އިއްޔެ ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ، މިނިސްޓާ، ޑރ. މަރިޔަމް މާރިޔާ އަދި މިނިސްޓްރީ އޮފް ދިވެހި ލޭންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އެޗްޑީސީގެ އިސްވެރިން އަދި މުވައްޒަފުންގެ އިތުރުން މާލެއާއި ހުޅުމާލޭގެ ސްކޫލުތަކުން ބައިވެރިވެ، ރުއް އިންދާފައި ވެއެވެ.

މައުޟޫޢުތަށް