ރައީސްގެ ވައުދުފުޅާ އެއްގޮތަށް އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވާ ޕާސްޕޯޓުގެ ހިދުމަތް ފަށައިފި
ދަޕްރެސް
12 އޯގަސްޓު 2025 | އަންގާރަ | 9:55
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ބ. އޭދަފުށީގައި އިމިގްރޭޝަން އޮފީހެއް ހުޅުވާ ޕާސްޕޯޓުގެ ހިދުމަތް ފަށައިފިއެވެ.
މި ހިދުމަތް ރައީސް ފައްޓަވައިދެއްވާފައިވަނީ ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޭދަފުއްޓަށް ވަޑައިގެންނެވެ.
މިކަމާ ގުޅިގެން އިމިގްރޭޝަނުން ބުނީ ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެންމެހާ އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ބ. އަތޮޅު އިމިގްރޭޝަން އޮފީސް މިއަދު ރަސްމީކޮށް ރައީސް ހުޅުއްވައިދެއްވާފައިވާކަމަށާއި، މި އޮފީހުގެ ފުރަތަމަ ޕާސްޕޯޓު ދޫކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ކަމަށެވެ.