މަޖިލީހުގެ މި އަހަރުގެ މި ހިނގާ ދައުރު އެއްހަފްތާ އަށް ދަންމާލަން ރިޔާސަތުން ހުށަހަޅައިފި

ދަޕްރެސް

12 އޯގަސްޓު 2025 | އަންގާރަ | 10:50

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ މި ހިނގާ ދައުރު އެއްހަފްތާ އަށް ދަންމާލަން ރިޔާސަތުން ހުށަހަޅައިފިއެވެ.

މިއަދުގެ ޖަލްސާ ފަށްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މިހާރު މި ހިނގާ ދައުރު ނިމެން އޮތީ އަންނަ ހުކުރު ދުވަހަށް ކަމަށެވެ. އެހެން ނަމަވެސް މި ދައުރުގައި ރައްޔިތުންގެ މަޖިލީހުން ކުރަން މުހިންމު މަސައްކަތްތަކެއް ހުރުމާއެކު މި ހިިނގާ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މި ދައުރުގެ މުއްދަތު އިތުރުކުރުމަށް ގަސްތުކުރައްވާ ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

އެހެންކަމުން ޖަލްސާގެ ވޯޓަށް އަހާ ވަގުތު ދައުރު ދަންމާލަން ފެނޭތޯ ވޯޓަށް އަހާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މައުޟޫޢުތަށް