އާ އުސޫލާއެކު، ހައްޖަށް ގެންދިއުމުގައި އުމުރުން އެންމެ ދުވަސްވީ މީހުންނާއި އަލަށް ހައްޖަށް ދާ މީހުންނަށް އިސްކަންދޭނެ: މިނިސްޓަރު

ދަޕްރެސް

12 އޯގަސްޓު 2025 | އަންގާރަ | 11:05

އިންސާފުވެރިކަމާއެކު ކޯޓާގެ ކަންކަން ތަރުތީބުކުރުމަށްޓަކައި ކަނޑައަޅާފައިވާ އުސޫލާއެކު ކިއު ތަރުތީބު ކުރުމުގައި އުމުރުން އެންމެ ދުވަސްވީ މީހުންނާއި އަލަށް ހައްޖަށް ދާ މީހުންނަށް އަބަދުވެސް އިސްކަމެއް ދެވެމުންދާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހައްޖު ކޯޕަރޭޝަން ވުޖޫދު ވެގެންއައީ ބައެއް ޖަމާއަތްތަކުން ރައްޔިތުން އަތުން ފައިސާ ނަގައިގެން ހައްޖަށް މީހުންގެންދިއުމުގައި ދިމާވި އިހުމާލުތަކަށް ފަރުވާ އެއް ހޯދުމުގެ މަގުސަދުގައިކަމަށެވެ.

ޕްރައިވެޓު ހައްޖު ކުންފުނިތަކުން ޒަމާނުއްސުރެ ދެމުން އައި ހައްޖު އަދި އުމްރާގެ ހިދުމަތްތަކަށް އިންގިލާބީ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ހައްޖު ހިދުމަތް ހޯދުމަށް ދައްކާ އަގުގެ އިތުރަށް ފައިސާ ނުނަގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ތަނަވަސްވެ ހައްޖު ކޯޓާ އަށް ސަލާން ނުޖަހައި ވަކި ނިޒާމެއްގެ ތެރެއިން ހައްޖު ކޯޓާ ލިބޭނެ ކަމުގެ ޔަގީންކަން ލިބިގެން ދިޔަކަމަށެވެ. އަދި މަކަރުވެރިކަމާއި އޮޅުވައިލުމުގެ ދަލެއްގައި ނުޖެހި ހައްޖަށް ގޮސް ފުރިހަމަ ހިދުމަތްތަކެއް ޒަމާނީ ފަސޭހަތަކާއެކު ލިބިގެން އެނބުރި އާއިލާ ގާތަށް ދިވެހިރާއްޖެއަށް އާދެވޭނެކަމުގެ އުއްމީދު ލިބިގެން ދިޔަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މައުޟޫޢުތަށް