ތުޅާދޫގައި 100 ފްލެޓް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލު ކުރާނަން: މުއިއްޒު
ދަޕްރެސް
12 އޯގަސްޓު 2025 | އަންގާރަ | 1:32
ތުޅާދޫގައި 100 ފްލެޓްގެ ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއެއް މިއަހަރު ހިންގަވާނެ ކަމަށާއި އެ މަޝްރޫއު ބަޔަކާ ވަރަށް އަވަހަށް ހަވާލުކުރާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިހާރު އެމަނިކުފާނު ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބ. ތުޅާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެެއްކެވި ވާހަކަފުޅުގައެވެ.
ބޯހިޔާވަހިކަމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެން ޑރ. މުއިއްޒު މިއަދު ތުޅާދޫ ރައްޔިތުންނާ މުހާތަބުކުރައްވަމުން ވިދާޅުވީ، މިދިޔަ ސަރުކާރުގައި ފެށި ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުގައި މައްސަލަތަކެއް ހުރެ، އެ މައްސަލައިގައި ކޯޓުން ހުުކުމެއް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ މަޝްރޫއާ މެދު ކުރެވޭނެ މާބޮޑު ކަމެއް ނެތް ނމަވެސް 100 ފްލެޓުގެ އާ މަޝްރޫޢެއް ތުޅާދޫގައި ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.