އޭޖީ އޮފީހުގެ އޮނިގަނޑަށް އަމަލުކުރަން ފެށުމުގެ ކުރިން ރައީސްގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ފާސްކޮށްފި

ދަޕްރެސް

12 އޯގަސްޓު 2025 | އަންގާރަ | 3:28

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ މުވައްޒަފުން ތަރުތީބުވާ ގޮތުގެ އޮނިގަނޑަށް އަމަލުކުރަން ފެށުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް އޭޖީ އޮފީހުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އޭޖީ އޮފީސް، ސިވިލް ސާވިސް އިން ވަކިކޮށް އެ އޮފީހުގެ އުސޫލުތަކަށް ބައެއް އެހެން ބަދަލުތަކެއް އަންނާނެހެން އެކުލަވާލި ގާނޫނު ތަސްދީގުކުރިތާ މަހެއް ނުވަނީސް، އެ ގާނޫނަށް ބަދަލުތަކެއް ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލައް މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި، އޭޖީ އޮފީހުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރުމަށް ނެގި ވޯޓުގައި ބިލު ފާސްކުރުމަށް 65 މެންބަރުން ވޯޓު ދެއްވި އިރު، މި ބިލާއި ދެކޮޅަށް ވޯޓު ދެއްވީ 4 މެންބަރުންނެވެ.

މައުޟޫޢުތަށް