ބީއެމްއެލް އިސްލާމިކްއިން އެމްއެންޔޫގެ ދަރިވަރުންނަށް ފައިނޭންޝަލް ލިޓްރަސީ ސެޝަނެއް ބާއްވައިފި
ދަޕްރެސް
12 އޯގަސްޓު 2025 | އަންގާރަ | 5:20
ބީއެމްއެލް އިސްލާމިކް އިން ގައުމީ ޔުނިވަސިޓީގެ ދަރިވަރުންނަށް ފައިނޭންޝަލް ލިޓްރަސީ ސެޝަނެއް ބާއްވައިފިއެވެ.
ގައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި މި ސެޝަނުގައި އިސްލާމިކް ފައިނޭންސާއި އިސްލާމިކް ބޭންކިންގް އާއި ފަހަށް ރައްކާކުރުމުގެ ސަގާފަތެއް ބިނާކުރުމުގެ މުހިއްމުކަމާއި ބެހޭގޮތުން ވަނީ މައުލޫމާތުދީފައެވެ.
މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބީއެމްއެލްއިން ދަނީ އަބަދުވެސް މިކަހަލަ ސެޝަންތައް ބާއްވަމުންނެވެ.