ދައުރުވަމުންދަނީ ބާ އިމްތިހާނުގެ މޮކް ކަރުދާހެއް ނޫން، މައްސަލަ ފުލުހަށް ހުށަހަޅަނީ

ދަޕްރެސް

12 އޯގަސްޓު 2025 | އަންގާރަ | 9:28

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ބާ އިމްތިހާނުގެ މޮކް ކަރުދާހެއް ކަމަށް ބުނެ ދައުރުވަމުންދާ ލިޔުމަކީ ބާ ކައުންސިލުގެ ލިޔުމެއް ނޫން ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެ ކައުންސިލުގެ ކުރީގެ ރަސްމީ ލޯގޯ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބާ އިމްތިހާނުގެ މޮކް ކަރުދާހެއް ކަމަށް ލިޔެފައިވާ ލިޔުމެއް ދައުރުވަމުންދާކަން އެ ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ބާ އިމްތިހާނާ ގުޅިގެން ބާ ކައުންސިލުގެ ރަސްމީ ވެބްސައިޓުގައި ނުވަތަ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ޝާއިއުކޮށްފައިވާ ލިޔުންތައް ފިޔަވައި، އެހެން އެއްވެސް ލިޔުމެއް ނުވަތަ މޮކް ކަރުދާހެއް އެ ކައުންސިލުން އެންޑޯސްކޮށް ނުވަތަ އާންމުކޮށްފައި ނުވާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް