ތުޅާދޫގައި ކަލްޗަރަލް ސެންޓަރެއް އިމާރާތް ކުރުމުގެ މަޝްރޫއު، 24 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް

ދަޕްރެސް

12 އޯގަސްޓު 2025 | އަންގާރަ | 9:30

ބ. ތުޅާދޫގައި ކަލްޗަރަލް ސެންޓަރެއް އިމާރާތް ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ފަރާތުން ސޮއެކުރެއްވީ ސްޓޭޓް އަބްދުالله ޝިޔާޒެވެ.

މި މަޝްރޫއުގެ ދަށުން، 8,600 އަކަފޫޓުގެ ސަރަޙައްދެއްގައި މީހުން ދިރިއުޅޭނެ ބައެއް ހިމެނޭހެން 2 ފަންގިފިލާގެ ކަލްޗަރަލް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި ހަމަ އެހެންމެ މި ސެންޓަރުގައި ކެފޭއަކާއި ހިތްފަސޭހަކޮށްލަން ތިބޭނެ ބައެއް ހިމެނޭއިރު މިއީ 24.46 މިލިއަން ރުފިޔާއަށް 420 ދުވަސްތެރޭ ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މައުޟޫޢުތަށް