ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުއަރީގައި ފަށައި، 2026ގެ ބޮޑު ޗުއްޓީ ޑިސެމްބަރަށް!

ދަޕްރެސް

13 އޯގަސްޓު 2025 | ބުދަ | 11:21

2026 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުއަރީ މަހު ފަށައި ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ލިބޭ ގޮތަށް އެކަޑަމިކް ކަލަންޑަރަށް ބަދަލު ގެނެސްފިއެވެ.

ޒަމާނުންސުރެ ރާއްޖޭގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގައެވެ. އެހެންނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް ވިސްނަވާ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން އަހަރުގެ މެދު ތެރެއަށް ބަދަލުކުރައްވާފައެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުމުން ފާޅުކުރަމުން ދަނިކޮށް ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވެރިކަމަށް އިންތިހާބުވެވަޑައިގެންފިނަމަ ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުއަރީ މަހު ފެށޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މައުޟޫޢުތަށް