މޮރިޝަސްގެ ބޮޑުވަޒީރަށް ކަނޑުގެ މައްސަލައިގައި ސިޓީ ނުފޮނުވި ނަމަ، ކަނޑުގެ މައްސަލައިގައި ކުރިއަށްދެވޭނެ: ހަލީލް
ދަޕްރެސް
13 އޯގަސްޓު 2025 | ބުދަ | 2:14
ކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޔުގްނައުތަށް ސިޓީ ނުފޮނުއްވި ނަމަ، ގެއްލުނު ކަނޑުގެ މައްސަލައިގައި ސާފުކޮށް ރާއްޖެއަށް ކުރިއަށް ދެވެން އޮތް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ހަލީލް ވިދާޅުވީ ކުރީ ސަރުކާރުން ދޫކުރި ސިއްރު ސިޓީގެ ސަބަބުން ރާއްޖޭގެ ކަނޑުން 45،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ގެއްލުނު ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދެކުނުގެ މަސްވެރިކަމަށް ބުރޫ އަރާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ކުރިއަށް ދަނީ ބޭރުގެ އެކި ގާނޫނީ ވަކީލުންނާ އެކީ މައްސަލަ އިތުރަށް މުރާޖައާކުރުމުގެ މަސައްކަތް ކަމުގައެވެ.