ކިހާދޫ ރައްޔިތުންނަށް ރައީސް: ކަންބޮޑުވުމަކަށް ވެފައިވާ އިންޖީނުގޭގެ މައްސަލަ މި އަހަރު ހައްލުވެގެންދާނެ

ދަޕްރެސް

13 އޯގަސްޓު 2025 | ބުދަ | 5:49

ކިހާދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް ވެފައިވާ އެރަށު އިންޖީނުގޭގެ މައްސަލަ ހައްލުކުރެއްވުމަށް މި އަހަރު މަޝްރޫއެއް ފަށްޓަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިހާރު އެމަނިކުފާނު ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބ. ކިހާދޫއަށް މިއަދު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ކިހާދޫގައި އާ އިންޖީނުގެއެއްް އެޅުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާކަމަށާއި، އެހެންކަމުން އިންޖީނުގެ އާއިި އޮފީސް ބަދަލުކުރުމަށް މިއަހަރު މަޝްރޫއެއް ފަށްޓަވާނެކަމަށެވެ.

މައުޟޫޢުތަށް