ވެރިއަކަށް ހަމަޖެހިލައިގެން ގައުމު ހިންގޭނީ 10 ނުވަތަ 15 އަހަރުގެ ދައުރެއް ދީގެން: އުއްޗު

ދަޕްރެސް

14 އޯގަސްޓު 2025 | ބުރާސްފަތި | 2:58

ރާއްޖެ އޮންނަ ގޮތުން ވެރިއަކަށް ހުންނަ ބޭފުޅަކަށް ހަމަޖެހިލައިގެން ގައުމު ހިންގޭނީ ވެރިކަމުގެ މުއްދަތަށް 10 ނުވަތަ 15 އަހަރަށް ދީގެން ކަމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.

ޔޫޓިއުބް ޗެނަލް ދެނޯގެ ދެވަނަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުން އުއްޗު ވިދާޅުވީ، އޭނާއަކީ މުއްސަންޖެއް ނޫން ކަމަށާއި އޭނާ އަކީ ދަރަނިވެރިއެއް ކަމަށެވެ. އެންމެ ފުރަތަމަ ރަށެއް ނަގައިގެން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރެއްވީ ވެސް ސްޓޭޓް ބޭންކް އޮފް އިންޑިއާއި ން ލޯނެއް ނަންގަވައިގެން ކަމަށާއި އަދި ވިޔަފާރީގައި އެކި ކަންކަމަށް ރާއްޖެއިން ބޭރުގެ ބޭންކުތަކުން ވެސް ލޯން ނަންގަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މިހާރު އެކި ބޭންކްތަކުން ނަގާފައިވާ ލޯންތަކުގެ ޖުމްލަ އަދަދު 200 މިލިއަންއަށް އަރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން ވެސް "ލާރި ލިބޭނީ ލާރި ގޮސްގެން" ކަމަށް އުއްޗު ވިދާޅުވެފައިވާ އިރު، މިކަމާ ގުޅޭ ގޮތުން އުއްޗު މިސާލު ޖައްސަވަމުން ވިދާޅުވީ ލާރި ގޮސްގެން ބުނަނީ މި ސަބަބާ ހުރެ ކަމަށެވެ. ލާރި ގޮސްގެން އަނބުރާ ލާރި ނުލިބެނީ ވިޔާނުދާކޮށް އެކަން ކުރާތީ ކަމަށް އުއްޗު ވިދާޅުވިއެވެ.

މައުޟޫޢުތަށް