ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 30،000 ޑޮލަރު "ގެއްލުނު" މައްސަލައެއް!
ދަޕްރެސް
14 އޯގަސްޓު 2025 | ބުރާސްފަތި | 10:56
ދިވެހި ފުލުހުންގެ ހިދުމަތުން އަތުލައިގެންފައި ހުރި ގިނަ އަދަދެއްގެ ބޭރު ފައިސާތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިރޭ މީޑިއާތަކަށް ހިއްސާ ކުރި މެސެޖެއްގައި ފުލުހުން ބުނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހުށަހެޅުނު މައްސަލައެއްގައި ސީޒް ކުރެވުނު ފައިސާއާ ބެހޭ ގޮތުން ފާހަގަކުރެވުނު ޖުމްލަ، ހިސާބުގެ ފަރަގަކާ ގުޅޭ މައްސަލައެއް ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިކަން ފާހަގަކުރެވިފައި ވަނީ އިއްޔެ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އެގޮތުން 30،000 ޑޮލަރުގެ ފަރަގެއް ފާހަގަވެފައިވާކަމަށް ފުލުހުން ބުންޏެވެ.