އެމްޕީއެލްގެ ހިދުމަތުގައި ކެޕްޓަން މުއާޒުގެ 10 އަހަރު: މިއީ ވަރަށް ޕްރޮފެޝަނަލް އަދި ޝަރަފްވެރި މަސައްކަތެއް

ދަޕްރެސް

15 އޯގަސްޓު 2025 | ހުކުރު | 1:54

ދިވެހިރާއްޖޭގެ އިގްތިސޯދު ބަރޯސާވެފައި ވަނީ ގައުމަށް އެތެރެ ކުރެވޭ މުދަލުގެ މައްޗަށް ކަމުން، މި މުދާ ރައްޔިތުންނާ ހަމައަށް ރައްކާތެރި ކަމާއެކު ފޯރުކޮށް ދިނުމަކީ އިންތިހާއަށް މުހިންމު ކަމެކެވެ. އެގޮތުން އަގު ބޮޑެތި މުދަލުން ފެށިގެން ދިވެހިންގެ ދުވަހުގެ ކެއުމަށް ބޭނުން ކުރާ ކާބޯތަކެތި ފަދަ އެކި ބާވަތުގެ މުދަލަކީ މިހާރު އިންޑިއާ، ސްރީލަންކާ އަދި ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކުން ގެންނަ މުދަލެވެ.

އެހެންކަމުން ދުރު ކަނޑުގެ ރާސްތާތައް ކަނޑައްތުކޮށް، ދިވެހިރާއްޖޭގެ ސަރަހައްދަށް ވަންނަ މުދާ އުފުލާ އުޅަނދު ފަހަރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވެސް ނުހަނު މުހިންމު ކަމެކެވެ. މި ކަމަށް ހާއްސަ ހިދުމަތްތަކެއް މިހާރު ވެސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދަނީ ފޯރުކޮށް ދެމުންނެވެ. މިއީ އެ ކުންފުނިން ދެމުންގެންދާ ޕައިލެޓޭޖް ހިދުމަތެވެ.

މި ދާއިރާގައި އެމްޕީއެލްގެ ހިދުމަތުގައި މަސައްކަތް ކުރަމުންދާ ތަޖުރިބާކާރެއްގެ ގޮތުގައި ކެޕްޓަން އަހްމަދު މުއާޒަކީ ފާހަގަކޮށްލެވޭ ފަރާތެކެވެ. ކެޕްޓަން މުއާޒު އެމްޕީއެލްގައި މަސައްކަތްކުރާތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، މިހާރު އޭނާ މަސައްކަތް ކުރަމުން ދަނީ އެމްޕީއެލްގެ ނޯޓިކަލް ސާވިސަސް ޑިޕާޓްމަންޓް (އެންއެސްޑީ) ގެ ސީނިއާ ޕައިލެޓެއްގެ މަގާމުގައެވެ.

މައުޟޫޢުތަށް