4000 ފްލެޓު: މިހާތަނަށް 1202 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
ދަޕްރެސް
15 އޯގަސްޓު 2025 | ހުކުރު | 7:23
ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު، މިހާތަނަށް 1202 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ބުނެފިއެވެ.
އެފްޑީސީން ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްގީކުރި 4000 ސޯޝަލް ހައުސިން ޔުނިޓުގެ މަޝްރޫއުގެ 1000 އަށް ވުރެ ގިނަ އެއްބަސްވުމުގައި ސޮއިކުރެވިފައިވާއިރު މިއީ އެ ކޯޕަރޭޝަނަށް ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.
އެފްޑީސީން އިތުރަށް ބުނީ މިހާތަނަށް 1،530 މީހުންގެ އެއްބަސްވުމުގައި ސޮއިކުރަން ތާވަލް ކޮށްފައިވާ ކަމަށެވެ.