ފަލަސްތީނުގެ ހައްގުގައި މާލޭގައި ބޭއްވި ބޮޑު ހަރަކާތަށް އެތައް ހާސް ބަޔަކު ނުކުމެ އަޑުއުފުލައިފި

ދަޕްރެސް

15 އޯގަސްޓު 2025 | ހުކުރު | 7:42

ފަލަސްތީނުގެ ހައްގުގައި މާލޭގައި ބޭއްވި ގައުމީ ބޮޑު ހަރަކާތުގައި އެތައް ހާސް ބަޔަކު ނުކުމެ އަޑުއުފުލައިފިއެވެ.

މިއަދު ހަވީރު މާފަންނު ސްޓޭޑިއަމްގައި ބޭއްވި މި ގައުމީ ބޮޑު ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށް އަޑު އުފުލާފައެވެ. އެގޮތުން އިންސާނީ އެހީ ވެއްދުމަށްޓަކާ އިޒްރޭލުން އަޅާފައިވާ ހުރަސްތައް ނައްތާލުމަށާއި، އެހީ ވެއްދުމުގެ މަގުތައް ހުޅުވާލުމަށް ވަނީ ގޮވާލާފައެވެ.

މި ހަރަކާތް މިއަދު މާލޭގެ އިތުރުން އެހެން ރަށްރަށުގައިވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތް ބާއްވާފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ން އިސްވެގެންނެވެ. މި ހަރަކާތުގެ ސަރުކާރުގެ ގިނަ ވަޒީރުންނާއި، ރާއްޖޭގެ މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި، ކުންފުނިތަކާއި މުއައްސަސާތަކުގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.

މައުޟޫޢުތަށް