ދަރިފުޅު ގައިގައި ބަނދެގެން ވޭޕް އެތެރެކުރި ކަމަށް ދެކެވޭ ވާހަކަތައް ޝަހީމް ދޮގުކުރައްވައިފި

ދަޕްރެސް

15 އޯގަސްޓު 2025 | ހުކުރު | 8:35

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން، އަބްދުالله މާހިލް ޝަހީމް ރާއްޖެއަށް އައިއިރު ވޭޕް ހަށިގަނޑުގައި ބަނދެގެން އައި ކަމަށް ދެކެވޭ ވާހަކަތައް ޝަހީމް ދޮގުކުރައްވައިފިއެވެ.

ވޭޕް ކުރާ ސާމާނު ފެނުނީ މާހިލް ރާއްޖެއަށް އައިއިރު ގެނައި ލަގެޖާއި ހަށިގަނޑުންކަމަށާއި، ވަރަށް ގިނަ އަދަދެއްގެ ވޭޕު ސާމާނު މާހިލްގެ ހަށިގަނޑުގައި ބަނދެފައި ހުރި ކަމަށް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ. އަދި މާހިލް އަކީ މެލޭޝިޔާގެ އެމްބަސީގައި މަސައްކަތްކުރާ ފަރާތެއް ކަމަށްވެސް ބައެއް މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ މާހިލް އަކީ މެލޭޝިޔާ އެމްބަސީގައި މަސައްކަތް ކުރާ މީހެއް ނޫން ކަމަށާއި، ގައިގައި ބަދެގެން ވޭޕް އެތެރެ ކުރިކަމަށް ބުނެ ހަގީގަތާއި ހިލާފް ވާހަކަ ފެތުރުމަކީ ދެރަ ކަމެއް ކަމަށެވެ.

މައުޟޫޢުތަށް