ތުރުކީން ހަދިޔާކުރި މިސައިލް ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރު އެމްއެންޑީއެފްއާ ހަވާލުކޮށްފި

ދަޕްރެސް

15 އޯގަސްޓު 2025 | ހުކުރު | 10:38

ތުރުކީން ހަދިޔާކުރި، މިސައިލް ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރު އެމްއެންޑީއެފްއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މަނަވަރު ހަވާލުކުރުމަށް މިރޭ ހުޅުމާލެ އެމްޕީއެލް ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިފައިންގެ އެންމެމަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މި މަނަވަރަށް "ދަރުމަންތަ" ނަން ދިނުމަށްފަހު ކޮމިޝަން ކޮށްފައިވާއިރު، މި މަނަވަރުގެ ކޮމާންޑިން އޮފިސަރަކީ ލެފްޓިނެންޓް ކާނަލް ހަސަން ޝިނާނެވެ. މި މަނަވަރު އެމްއެންޑީއެފްއާ ހަވާލުކޮށްދެއްވާފައިވަނީ ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރު އެޑްމިރަލް ކަދިރް ޔިލްޑްޒްއެވެ. އަދި ރާއްޖޭގެ ފަރާތުން މަނަވަރާ ހަވާލުވެވަޑައިގަތްފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.

މައުޟޫޢުތަށް