ކައްދޫ އެކްސިޑެންޓުގައި އަނިޔާވި އުމުރުން ދުވަސްވީ ދިވެހި އަންހެން މީޙާ ނިޔާވެއްޖެ
ދަޕްރެސް
16 އޯގަސްޓު 2025 | ހޮނިހިރު | 9:30
ލ. ކައްދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ދުވަސްވީ ދިވެއްސަކު ނިޔާވެއްޖެއެވެ.
ރޭ އިރާކޮޅު އެ އެކްސިޑެންޓް ހިނގާފައި ވަނީ ކައްދޫ އެއާޕޯޓު ކައިރީގައި ހުރި ކަފި ހުރަހަކުން މަގު ހުރަސްކުރަން އުޅުނު ބައެއްގެ ގައިގައި ބާރު ސްޕީޑެއްގައި އައި ސައިކަލަކުން ޖެހިގެންނެވެ.
އެއާއެކު އަނިޔާވި ހަތަރު މީހުންނަށް ދިޔައީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.