ފަނޑިޔާރުންނަށް ރިޝްވަތު ދިން ވާހަކަތައް ދޮގުކޮށް، މައުމޫން ވިދާޅުވީ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް

ދަޕްރެސް

16 އޯގަސްޓު 2025 | ހޮނިހިރު | 9:52

2018 ވަނަ އަހަރު ފެބްރުއަރީ މަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރަން ޖެހުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުން ކަމަށް ބުނެ އަބްދުالله ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަތަަކީ ކަނޑައެޅިގެން ދޮގެއް ކަމަށް މައުމޫން ވިދާޅުވެއްޖެއެވެ.

މައުމޫންގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް ޔާމީން، ނޫހަކަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވިދާޅުވީ، މައުމޫން އޭރު ޖަލަލަށްލީ ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅުވައިގެން ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުން ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ މައްސަލަ ފެންމަތިވުމުން މައުމޫން ހައްޔަރު ނުކޮށް އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވި ނަމަވެސް ފުލުހުން ގޮސް މޮބައިލް ފޯނު ދިނުމަށް އެދުމުން ފޯނެއް ނުގެންގުޅުއްވާ ކަމަށް މައުމޫން ވިދާޅުވި ކަމަށް ޔާމީން ތުހުމަތު ކުރެއްވިއެވެ.

މައުޟޫޢުތަށް