ރިޝަވަތު ދިން ކަމަށް ބުނާ މައްސަލައިގައި ޔާމީނާ ދެކޮޅަށް ގާސިމް ވެސް ނުކުމެއްޖެ

ދަޕްރެސް

16 އޯގަސްޓު 2025 | ހޮނިހިރު | 2:16

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖޭޕީ ލީޑަރު ގާސިމް އިބްރާހިމް އާއި ދަރިކަލުންނާ ގުޅުވައިގެން ދެއްކެވި ވާހަކަތައް ޖުމްހޫރީ ޕާޓީން ދޮގުކޮށްފިއެވެ.

ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވަނީ ގާސިމް އާއި އެމަނިކުފާނުގެ ދޮށީ ފިރިހެން ދަރިކަލުން އިބްރާހިމް ސިޔާދު ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށް ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ގާސިމް ލީޑަރުކަން ކުރައްވާ ޖުމްހޫރީ ޕާޓީން ބުނީ ޔާމީން ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެ ވާހަކަތަކާއި ގުޅިގެން ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް