މަސްމާރުކޭޓު ކުއްޔަށް ދީފައިވާ އޮތީ ބިޑު ކޮމިޓީން ކަނޑައެޅި އަގަށްވުރެ ކުޑަކޮށް: އާދަމް އާޒިމް

ދަޕްރެސް

16 އޯގަސްޓު 2025 | ހޮނިހިރު | 9:09

މަސްމާރުކޭޓު ހިންގާ ކުންފުންޏަށް އެ ތަން ކުއްޔަށް ދީފައި އޮތީ މާލޭ ސިޓީ ކައުންސިލުގެ ބިޑު ކޮމިޓީން ކަނޑައެޅި އަގަށްވުރެ ކުޑަކޮށް ކަމަށް، މާލެ ސިޓީގެ މޭޔަރު އާދަމް އާދިމް ވިދާޅުވެއްޖެއެވެެ.

މާލޭގެ މަސްމާރުކޭޓު ހިންގާ ކުންފުންޏަށް އެ ތަން ކުއްޔަށް ދިނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުއެވެ.

އެފްޖޭ ޑިޒައިން ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައިވާ، މަސްމާރުކޭޓާއި ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ބޭއްވި އާންމު ޖަލްސާގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ މަސް މާރުކޭޓު ދީފައިވާ މުއްދަތު އިތުރު އެއް އަހަރަށް އިތުރު ކުރުމަށް ކުރިން ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް، އެތަނުގެ މުއްދަތު އިތުރުކުރުމުގެ ކުރިން ބެލިބެލުމުން މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެެ.

މައުޟޫޢުތަށް