ޕުޓިން އަށް ފަހު ހޯމަ ދުވަހު ޒެލެންސްކީ ވައިޓްހައުސް އަށް ގެންދަނީ

ދަޕްރެސް

16 އޯގަސްޓު 2025 | ހޮނިހިރު | 9:45

ޔޫކްރައިން ހަނގުރާމަ ހުއްޓުވުމަށް ބާރު އެޅުމަށްޓަކައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އާ ބައްދަލު ކުރެއްވުމަށް ފަހު އަންނަ ހޯމަ ދުވަހު ޒެލެންސްކީ އެމެރިކާ އަށް ގެންދަން ޓްރަމްޕް ނިންމައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ, ރަޝިއާއާ ކައިރީގައި އޮންނަ އަލަސްކާގައި ޕުޓިންއާ ބައްދަލު ކުރެއްވުމަށް ފަހު އެ މައްދަލުވުމުގެ ކާމިޔާބީ ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ, އަންނަ ހޯމަ ދުވަހު އޯވަލް އޮފީހުގައި ޒެލެންސްކީ އާ ބައްދަލު ކުރައްވާނެ ކަމަށެވެ.

އެނަލިސްޓުން ބުނާގޮތުގައި, ޓްރަމްޕާއި ޕުޓިންގެ ބައްދަލުވުމަކީ އެއްގޮތަށް ވުރެ ބޮޑަށް އެތައް ގޮތަކުން ކާމިޔާބު ބައްދަލުވުމެވެ. އެއީ އެ ބައްދަލުވުން ހިނގާފައި ވަނީ, ދުނިޔޭގެ އެންމެ ބޮޑު ދެ ނިއުކްލިއާ ބާރުގެ ދެމެދުގައި ކަމަށް ވުމާއި އެ ދެފަރާތް ސުލްހަ ވުމަކީ 3 ވަނަ ބޮޑުހަނގުރާމައެއް ހިނގިޔަ ނުދީ ދުނިޔެ ސަލާމަތް ކުރެވިގެން ދާނެ ގޮތް ކަމަށެވެ.

މައުޟޫޢުތަށް